![]() |
| ad hoc judge Oxman |
Tuesday, 1 July 2025
Maritime Mirage: Mauritius’ Sovereignty Scam, Maldives’ Stand, and Oxman’s Lone Legal Light
އެތަން އަނބުރައި ނުހޯދައެއް ހަމަ ނޭވައެއްވެސް ނުލާހުށީމުއެވެ!
ގައުމާމެދު މި ޒަމާނުގައި ނުވިސްނާ މިންވަރު އެނގެނީ ގައުމަށް ދެރަކަމެއް މެދުވެރިވާ ހިނދުގައެވެ. ފޯޅަވަހ ހޯދުމުގެ ނަމުގައި ފަށައިފައިވާ ގައުމީ ހަރަކާތާ މުޚާޠަބުކޮށް ބައެއް މީހުން ބުނެއެވެ. "ފޯޅަވައްސަކީ އިރެއްގައި ރާއްޖޭގެ ތަނެއްކަމަކު މިހާރު އެއީ މޮރިޝަސްގެ ތަނެކެވެ." އެއިން އެނގެނީ އެފަދަ މީސްމީހުންނަށް ދުނިޔޭގެ ކަންކަން ހިނގާ ގޮތާއި ޒަމާނާ ގުޅިގެން ދުނިޔޭގެ ހާލަތު ފުރޮޅޭ ގޮތާއި، ގައުމީ ދިފާޢުގައި މުވާޠިނުންގެ ދައުރާމެދެ ހޭލުންތެރިވެފައި ނެތް މިންވަރެވެ. ހައިރާނެއްފަހެ ނުވާނޭ ހެއްޔެވެ؟ ފޯޅަވައްސަކީ އިރެއްގައި ރާއްޖޭގެ ތަނެއްކަން އެބަހުން އެމީހުންނަށް އެކަމަކު އެބަ އެނގޭތާއެވެ! އެހެންވިއްޔާ! އެތަން މިހާރު ރާއްޖޭގެ ތަނަކަށް ނުވާންވީ ސަބަބެއް ނޯންނާނޭކަން އެފަދަ މީހުން ދަންނަ ކަމަކަށް ނުވިސްނެއެވެ! ބަލަ! ފޯޅަވައްސާއި، އަދި އެތަނާއި ރާއްޖެއާ ދެމެދުގައި އޮތް އައްޑޫބޮޑުކަނޑު ނުވަތަ އައްޑޫ ދެކުނުކަނޑު އެއީ، އިހަށްވެސް މިހާރުވެސް އަދި ގިޔާމަތާ ހަމަޔަށްވެސް ރާއްޖޭގެ މިލްކު ތަންތަނެވެ. އެއަކީ، ފަރަންސޭސީންނާއި އިނގިރޭސީންނާއި މޮރިޝަސް މީހުންގެ ހައްގެއް އޮތް ތަންތަނެއް ނޫނެވެ!

